”ފްރޮމް މޯލްޑިވްސް“ މި ބްރޭންޑްގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފްއެއް ދައްކަންޖެހުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރުވެސް، ޚާއްސަކޮށް ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑެތި ޓެރިފްތަކެއް ދައްކަންޖެހެ އެވެ. މިއީ ”ފްރޮމް މޯލްޑިވްސް“ ބްރޭންޑް މުހިންމުވާ އެއް ސަބަބު ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުން.
މީގެއިތުރުން ވަޒީރު ވިދާޅުވީ ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ، ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ ޕްރޮޑަކްޓަކަށް ރާއްޖޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުމަކީ އަމާޒެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ފްރޮމް މޯލްޑިވްސް