ސަރުކާރު ސްކޫލްތަކުގެ ޕްރީ ސްކޫލާއި، ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޖާގަ ހުޅުވާލައިފި އެވެ. މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން އިއުލާނުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އޮގަސްޓް 31 ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން، މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓަރ ނިމޭނީ ޖުލައި 24 ވަނަ ދުވަހުއެވެ. އޭގެފަހުން ދެ ހަފްތާގެ ޗުއްޓީއަކަށްފަހު، ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ޗުއްޓީއަށް ދަރިވަރުން ދާނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

އައު ދިރާސީ އަހަރު ފެށުމުގެ ކުރިން، ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ސްކޫލްތަކުގެ ވަސީލަތްތައް ރަނގަޅުކޮށް، ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅެކެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ