ސައީދުގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފެނަކަގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފި އެވެ.

ސައީދުގެ މައްޗަށް ދައުވާކޮށްފައިވަނީ، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 20 އޭޕްރިލް 2023 ގައި ފެނަކައިގެ މެނޭޖިން ޑައިރެކްޓަރުގެ ގޮތުގައިހުރެ، މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، އެ ރަށުގައި ހުރި އައިސްޕްލާންޓެއްގެ ވެރިފަރާތުން ހުށަހެޅި 11.3 މިލިއަން ރުފިޔާއަށް އެ އައިސްޕްލާންޓު ގަނެފައިވާ ކަމަށެވެ. މިކަން ކޮށްފައިވަނީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔަކާ ނުލާކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިކަމަކީ ފައިނޭންޝަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫން ކަމަށް ފެނަކައިގެ ބިޒްނަސް ޕްލޭނުގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ސައީދުގެ މައްޗަށް ކޮށްފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

އެހެން މައްސަލައެއްގައިވެސް ސަައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެއް ކޮށްފަ އެވެ. މި ދައުވާ ކޮށްފައިވަނީ، 2018 އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.

ފެނަކަ ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ