އޭސީސީން ބައިވެރިވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 10:00 ގައި އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، އޭސީސީގެ މަސައްކަތްތައް ނިިންމުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޭސީސީން އެދިފައިވާތީ އެ ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރުމެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު ކޮމިޓީގެ ނައބު މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ، މިއަދު އޮތީ އޭސީސީން ހިއްސާކުރަން ބޭނުންވާ ބައެއް މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމާ އޭސީސީގެ ބޭފުޅުން ގުޅިވަޑައިގެންނެވި ހިސާބުން މެންބަރު އިބްރާހިމް ޝަރީފްވަނީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެ ހުށަހެޅުމަށް މެންބަރު އަހުމަދު އައިފާން ތާއީދުކުރެއްވި އެވެ. ކޮމިޓީ ސިއްރުކުރުމަށް ފާސްކޮށްފައިވަނީ އެ ވަގުތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މާލިއްޔަތު ކޮމެޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ