ސަސްޕެންޑްކޮށްފައި ހުރި ފަޒީލް މަގާމުން ވަކިކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ސަސްޕެންޑް ކޮށްފައިހުރި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކުރަން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، 19 ޑިސެމްބަރ 2024 ގައި ސަސްޕެންޑް ކޮށްފައިވާ ފަޒީލް މާދަމާއިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާ ކަމަށެވެ.

”މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެކެވެ.“ އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކޭ ކަމަށެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ސަސްޕެންޑް ކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ގޯތި މައްސަލައިގަ އެވެ.

ކުރީ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީގެން އުޅޭ މައްސަލައެއް ފެންމަތިވީ، ފަޒުލްގެ ބޭބެ ފަޒީލް އޭނާއަށް ބިންވެރިޔާ ސްކީލްގެ ދަށުން ގޯތި ލިބިފައިވާ ކަމަށްބުނެ އެ ގޯތީގެ ވަށާފާރު ރާނަށްފެށުމުންނެވެ. ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް އާންމުވެގެންދިޔަ އެވެ. އެ އާއެކު މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެންދިޔަ އެވެ.

އެމްޑަބްލިއުއެސްސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ