އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރައީސް މުއިއްޒު އެގައުމަށް ތަހުނިޔާ ފޮނުއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެގައުމުގެ ރައްޔިތުންނަށް ފޮނުއްވި މި ތަހުނިޔާގައި ރައީސް ވިދާޅުވީ، އެމެރިކާއަކީ މިނިވަން ގައުމެއްގެ ގޮތުގައި އަބަދުވެސް އޮތުމަށާއި ދާއިމީ ކުރިއެރުން ގައުމަށް ލިބުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މިއީ އެމެރިކާ އިނގިރޭސި ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރިތާ 249 ވަނަ އަހަރެވެ. އެގައުމުން ކޮންމެ އަހަރެއްގެ ޖުލައި 4 ފާހަގަ ކުރަނީ އެގައުމުގެ މިނިވަން ދުވަހުގެ ގޮތުގަ އެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެމެރިކާ ޓްރަމްޕް