މޯލްޑިވް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާ އައްޔަނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި, މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ބަދަލު ކުރައްވައިފި އެވެ.

ފެނަކައިގެ ސަޕްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާ އައްޔަން ކުރައްވާފައިވަނީ، މި ހަފުތާ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މި ސަރުކާރުގައި ރުކުމާ އެންމެ ފުރަތަމަ ހުންނެވީ ވެމްކޯގެ ޑީއެމްޑީއަކަށެވެ. އޭގެފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކޮށްފަ އެވެ.

ރުކުމާ މީގެކުރިން ވަނީ، މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

މޯލްޑިވް ގޭސް ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ