ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރު މުޅިރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވޭނެ: މިނިސްޓަރު އަމީން

Advertisement

އެންމެ ފަސް

Advertisement

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި ވަނީ، މިއަދު ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މިނިސްޓަރު އަމީން ވަނީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިގޮތަށް މިއަދު ރ. އަތޮޅުގައި ޕަބްލިކް ފެރީގެ ޚިދުމަތް ދޭން ފެށުމާއި ގުޅިގެން ރ. އަތޮޅުގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވާފަ އެވެ.

”މާތް ﷲ ގެ އިރާދަ ފުޅާއެކު ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރުގެ ނިޔަލަށް މުޅިރާއްޖެއަށް މި ޚިދުމަތް ފުޅާކޮށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައި ދަންނަވަން.“ މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެން ކަމަށާއި، ޚިދުމަތް ދިނުމަށް 2 ލޯންޗު ފެރީ ބޭނުންކުރަމުންދާ ކަމަށެވެ.

ރ. އަތޮޅުގެ ރައްޔިތުންނަށް މި ޚިދުމަތަށް އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ އެވެ. ނަމަވެސް ޖުލައި 3 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީ ދަތުރުތައް ކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ދަތުރުވެރިންނަށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ