އުސޫލުން ބޭރުން އުޅަނދު ރަޖިސްޓްރީކުރަން މަޖިލިސް މެންބަރުން އެދޭކަމަށް ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އުސޫލުން ބޭރުން އުޅަނދު ރަޖިސްޓްރީކުރަން މަޖިލިސް މެންބަރުން އެދޭކަމަށާއި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް މެންބަރުންނަށް ދަންނަވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީންއާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ހުޅުމާލެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ، އުޅަނދު ރަޖިސްޓްރީ ކުރުމުގައި ދިމާވާ ގާނޫނީ މައްސަލަތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަމުގައި މިނިސްޓްރީގެ ޤާނޫނީ ޒިންމާ ވަރަށް ރަނގަޅަށް އުފުލާފައިވާނެ ކަމަށެވެ.

މިހާރު ވެހިކަލް ރަޖިސްޓްރީކުރެވޭނީ ޤާނޫނާއި އެއްގޮތަށް ކަމަށާއި އުސޫލުން ބޭރުން އުޅަނދު ރަޖިސްޓްރީކުރަން މަޖިލިސް މެންބަރުން އެދުމުންވެސް އެކަން ނުކުރެވޭނެ ކަމަށް ބުނެފައިވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

”ޤާނޫނާ އެއްގޮތަށް ނޫނިއްޔާ މިހާރު ވެހިކަލް ރަޖިސްޓްރީއެއް ނުކުރެވޭނެ. ތީގެން ވަރަށްގިނަ ބޭފުޅުން [މަޖިލިސް މެންބަރުން] ވެސް ހަމަ އަޅުގަނޑު ކައިރީގައި ރިކުއެސްޓް ކުރީމަ އަޅުގަނޑު އަރުވާ ޖަވާބަކީ ނުވާނޭ.“

ޤާނޫނުން ބޭރުން ވެހިކަލް ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީންކަން އަރުވާކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އަދި ގަރާޖު އޮވެގެން މެނުވީ ރާއްޖެއަށް ވެހިކަލް އެތެރެނުކުރެވޭނެ ގޮތްވެސް ހަދާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ކުންފުނިތަކުގެ މަތީގައި ސައިކަލު ރަޖިސްޓްރީ ކުރުމުގެ ކަންކަމަށްވެސް މިހާރުބަދަލުގެނެސްފައިވާ ކަމަށެވެ. އަދި އުޅަނދު ރަޖިސްޓްރީކުރުމަށް ބަދަލުގެނައުމަށް ގާނޫނަށް އިސްލާހު ގެންނަން ދެތިން ހަފްތާ ތެރޭ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ