އައިޖީއެމްއެޗުން ދޭ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތައަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން ދެމުން އަންނަ ބައެއް ހިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އެ ހްސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗް އިން މިކަން ހާމަ ކޮށްފައި ވަނީ، އެ ހޮސްޕިޓަލުން އިންޔެ ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ދަރުމަވަންތައައް އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ވަގުތީގޮތުން ބަދަލު ކުރަން ނިންމީ އެ ހޮސްޕިޓަލްގެ 11 ފަންގިފިލާގެ އިމާރާތް، (ހިޔަލަވިންގ)ގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ބަދަލު ކުރާ ހިދުމަތްތައް:

  • ހިޔަލަ ވިންގް 2 ވަނަ ފަންގިފިލާއިން ލިބުނު އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަޖެންސީ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާއަށް
  • ހިޔަލަ ވިންގް 3 އަދި 4 ވަނަ ފަންގިފިލާއިން ލިބުނު ލޭބާ ރޫމް އަދި ލޭބާ އިންޑަކްޝަން ޔުނިޓުގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާއަށް
  • ހިޔަލަ ވިންގް 5 އަދި 6 ވަނަ ފަންގިފިލާގައި ހުރި ވާޑް އޭ އަދި ވާޑް ބީގައި ހިމެނޭ ވާޑް އަދި ކޮޓަރިތައް ދަރުމަވަންތަ ހޮސްޕިޓަލްގެ 18 އަދި 19 ވަނަ ފަންގިފިލާއަށް
  • ހިޔަލަ ވިންގް 9 ވަނަ ފަންގިފިލާއިން ލިބުނު ގައިނީ ތިއޭޓަރުގެ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލްގެ 12 ވަނަ ފަންގިފިލާގައިވާ ތިއޭޓަރަށް

ހިޔަލަ ވިންގްގެ މަސައްކަތް ނިމެންދެން ހިޔަލަ ވިންގުގެ 2، 3، 4، 5، 6 އަދި 9 ވަނަ ފަންގިފިލައިން ދެމުން ގެންދިޔަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންގިފިލާތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗް ދަރުމަވަންތަ ހޮސްޕިޓަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ