ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް މާލޭގައި ބަހައްޓައިފި

Advertisement

އެންމެ ފަސް

Advertisement

މާލޭގައި ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް އެމްޑަބްލިއުއެސްސީ އިން ބަހައްޓައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އާ ޕްލާންޓް ބެހެއްޓީ މާލޭގައި ހުންނަ އެ ކުންފުނީގެ މައި މަރުކަޒުގައި ކަމަށެވެ.

މި ޕްލާންޓާ އެކު މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެ އެވެ.

ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދަން ޕްލާންޓްތައް ބަހައްޓާފައިވެ އެވެ.

މީގެ ކުރިން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްމަތީން މުހައްމަދު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކުންފުނީގެ އަނެއް ހިއްސާދާރު ޖަޕާންގެ ހިޓާޗީއާ އެކު 10،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅާލުމުގެ މަސައްކަތުގެ ދަށުން ފެން ހޮޅި ޓެސްޓު ކުރުމުގެ މަސައްކަތް މާޗު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.

އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ