ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާ ކުރުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމު ވިދާޅުވެފައި ވަނީ، ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮއެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، މިސްކިތް އެޅުމަށް އެ ފަރާތަށް ބިމެއް ހަމަޖައްސާދީފައިވާ ކަމަށާއި، މިސްކިތް އަޅާނީ ވިލިމާލޭގެ ޒަމާންވީ މަސްޖިދުއްސަލާމް މިސްކިތްހުރި ތަނުގައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، މި މިސްކިތް އެޅުމަށް ހަވާލުކޮށްފައި ވަނީ ދެ އަހަރުތެރޭ ނިންމާގޮތަށް ކަމަށެވެ. މި މިސްކިތް ބިނާކުރެވިގެންދާނީ ޤުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެންނެވެ.
ވިލިމާލޭގައި މަސްޖިދުލް ސަލާމްގެ އިތުރުން އިތުރު ދެ މިސްކިތެއް ހުރެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިލިމާލެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް