ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ހުށަހެޅި ޒަކާތު ބިލް ތަސްދީގު ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކުން ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޒަކާތު ޤާނޫނު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ބިލް ތަސްދީގު ކުރެއްވީ މިއަދު އެވެ. މި ޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޒަކާތުގެ ބިލުގައި ބުނެފައިވަނީ، މި ޤާނޫނުގެ ދަށުން ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދެއްކުމަށް ލާޒިމުވުމުގެ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކުން މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ދައުލަށް ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކަންވާނެ ކަމަށެވެ. ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކާ ފަރާތުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އަދި ޒަކާތް ދެއްކުން ލާޒިމު މުދަލުގެ ތަފްސީލު މި ބިލުގައި ހިމަނާފަ އެވެ. އަދި މުދަލު ޒަކާތް ދެއްކުން އިސްތިސްނާވާ މުދަލާއި ޒަކާތުގެ ނިޒާބު ކަނޑައަޅާނެގޮތް ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައި ބުނެފައިވަނީ، މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާފައިވާ ފައިސާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭ އާމްދަނި ހިސާބުކުރުމުގައި، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އުނިކުރެވިދާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ޒަކާތުގެ ނިޒމުު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމު ވިލަރެސް ކުރުމަށް، ޒަކާތުގެ ކައުންސިލްގެ ނަމުގައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މި ކައުންސިލް އެކުލެވިގެންވަނީ، އިސްލާމިކް މިނިސްޓަރާއި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އެމްއެމްއޭގެ އިސް މުވައްޒަފެއް، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް މުވައްޒަފެއް، މާލިއްޔަތާބެހޭ ވުޒާރާގެ އިސް މުވައްޒަފެއް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެއް، އިސްލާމިކް މިނިސްޓަރު ކަނޑައަޅާ އެ މިނިސްޓްރީގެ އިސް މުވައްޒަފެއް އަދި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ދެ މެންބަރުންގެ މައްޗަށެވެ.

ޒަކާތުގެ ބިލްގައި ބުނެފައިވަނީ، ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި، ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް ޒަކާތު ފަންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ