ގުރައިދޫ މަރުކަޒަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ނުވަދެވުނު މައްސަލައިގައި އިމްތިޔާޒްގެ މައްސަލަ މަޖިލިހަށް ހުށަހަޅައިފި އެވެ.
މެންބަރު ކުޑޫ ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ތެރެއިން މަޖިލީހުގެ މަސައްކަތްތަކާއި ގުޅިގެން އެ މަޖިލީހަށާއި ކޮމިޓީތަކަށާއި މެންބަރުންނަށް އިމްތިޔާޒް ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކާއި އިމްތިޔާޒްތައް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރާތްކޮށްފިނަމަ އެތަންތަނުން އެ މެންބަރަކު އެދޭކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެކަމާއި، އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަން މެންބަރު ކުޑޫ ފާހަގަކުރެއްވި އެވެ.
މެންބަެރު ކުޑޫ ވިދާޅުވީ، މެންބަރެއްގެ ހައިސިއްޔަތުން ގުރައިދޫގައި ހިންގާ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، މަރުކަޒުގެ ހާލަތު ދެނެގަތުމަށް އެ މަރުކަޒަށް ދިއުމަށް ބޭނުންވާތީ އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށްއެދި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއަށް 19 އޭޕްރިލްގައި ސިޓިއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީއެއް އެއްވެސް ޖަވާބެއް ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކަށް ޤާނޫނާއި ހިލާފަށް މިހާތަނަށްވެސް އެކަން ހަމަޖައްސައިދެއްވާފައިނުވާތީ އެ މަރުކަޒަށް ޒިޔާރާތްކުރެވޭގޮތް ވެފައިނުވާ ކަމަށެވެ.
މި އިމްތިޔާޒްގެ މައްސަލައިގައި ބަހުސް ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 55 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
