މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލި / ފުނަމާގެ، މުހައްމަދު އާލިމް އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށެވެ.

އެގޮތޔުން ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި މީނާ ވަދެ، ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްގެ ވަގުތީ ބަރުދަނަކީ 259 ގްރާމް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ