ކައުންސިލަރުންނަށް އަމާޒުކޮށްގެން ހިންގާ ޚަތީބުކަމުގެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރިއަށްގެންދާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.
މި ކޯހުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޯހުގެ މުއްދަތަކީ 15 ހަފްތާ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 20:30 – 22:30 އަށް ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
މި ކޯހަށް ހޮވުމުގައި ބަލާ މިންގަނޑު ތެރޭގައި ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުން އަދި ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަވުން ހިމެނެ އެވެ.
މި ކޯހުގައި ބައިވެރިވުމަށްޓަކާއި ސީވީ، އައިޑީ ކާޑުގެ ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން ހުށަހަޅާންޖެހެ އެވެ. އަދި މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 25 ޖޫން 2025 ގެ 13:00 ގެ ކުރިން އިއުލާނުގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
މީގެއިތުރުން މި އިއުލާނުގައި ބުނެފައިވަނީ މި ކޯހުގެ އިންޓަވިއު އޮންނާނީ މިމަހުގެ 29 އަދި 30 ގައި ކަމަށެވެ.
