ކުރީ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން 10 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވޭ: ސަލީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީއެންސީން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން 2018 އިން 2023 ގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަތުމަށް ދިރާސާ ފަށާފައިވާ ކަމަށާއި އެކަމުގެ ތެރެއިން ބައެއް މައުލޫމާތު މިހާރު ލިބިފައިވާ ކަމަށެވެ.

ކުންފުނިތަކުގެ މާލީ ހާލަތު ރައްޔިތުންނަށް ރަނގަޅަށް އެނގެންޖެހޭކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ކުރީ ސަރުކާރު ދިޔައިރު ކުންފުނިތައް އެތައް ބިލިއަން ރުފިޔާއަކުން ދަރުވާލާފައިވާ ކަމަށެވެ.

އެގޮތުން ހަމަ އަގަށްވުރެއް ބޮޑެތި އަގުގައި މަސައްކަތްތައް ހަވާލުކޮށްފައިވާކަމަށާއި، އަގުބޮޑުކޮށް ތަކެތި ގަނެގެން ފެނަކައިން ހަތަރު ވަރަކަށް ބިލިއަން ރުފިޔާ ވަގަށްނަގާފައިވާ ކަމަށެވެ. އަދި ހުރިހާ ކުންފުންޏަކަށް އެއްކޮށްބަލާއިރު، ފަސް އަހަރުގެ ތެރޭގައި 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިކަންކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށާއި، މި ސަރުކާރު ހަވާލުވިއިރު ދައުލަތް އޮތް ހާލު ރައްޔިތުންނަށް އެނގޭނީ އޭރުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުން އާމްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަނަމަވެސް މައްސަލައަކީ ކުރިން ނަގާފައިވާ ދަރަނިތައް ދައްކަންޖެހޭ މިންވަރު އިތުރުވުންކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ޕީއެންސީ ހައުސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ