އެމްޑަބްލިޔުއެސްސީން ފިޔޯރީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ވޯޓަރ ސެވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ގދ. ފިޔޯރީ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެެމްޑަބްލިއެސްސީން ބުނެފައިވަނީ ފީޔޯރީގެ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިންގް ލައިން އަޅައި ޕަންޕިންގް ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓް ފޯލް އަޅާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މި ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައި ކަމަށެވެ.

ފިޔޯރީގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ހައުސިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގަކީ 59.95 މިލިއަން ދިވެހި ރުފިޔާ އެވެ.

އެމްޑަބްލިއުއެސްސީ ގދ. ފިޔޯރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ