ނަވީންއާ ހިލްމީ ބައްދަލުކޮށް ފުލުހުންނާއި ސިފައިންގެ ގުޅުން ހަރުދަނާކުރަން މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިއްޔެ އައްޔަންކުރެވުނު އިސްމާޢީލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާ ބައްދަލުކޮށް، ފުލުހުންނާއި ސިފައިންގެ ގުޅުން ހަރުދަނާކުރަން މަޝްވަރާކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ސިފައިންގެ މައި މަރުކަޒުގައި މިއަދު ހެނދުނު އޮތް މި ބައްދަލުވުމަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

ފުލުހުންގެ އިދާރާއިން އިތުރަށް ބުނި ގޮތުގައި ނަވީންއާ ހިލްމީގެ މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށްވެސް ފުލުހުން ބުންޏެވެ.

ނަވީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެވުނީ އިއްޔެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެމްއެންޑީއެފް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ