ރާއްޖެ-ލަންކާ ގުޅުމަށް 60 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެ އެވެ.

ސަފީރު މަސްއޫދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ލަންކާއަކީ ދިވެހިރާއްޖެއަށް މިނިވަކަން ލިބުނު ދުވަހު ހާރިޖީ ގުޅުން ގާއިމު ކުރި ދެގައުމުގެ ތެރެއިން އެއް ގައުމެވެ. ހަމަ އެދުވަހު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ އަނެއް ގައުމަކީ އިނގިރޭސި ވިލާތެވެ.

ސަފީރު ވިދާޅުވީ ލަންކާއާ ރާއްޖެއަކީ ޒަމާންވީ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ދިވެހި ހައިކޮމިޝަނުން ނިންމާފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.

ދެ ޤައުމުގެ ގުޅުމަށްވެސް ވަރަށް މުހިންމު ތާރީޚެއް މިއީ 26 ޖުލައި 2025 އަކީ. އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ބަޖެޓަށް އަސަރުނުކުރާނެ ގޮތަކަށް މިކޮޅުގައި ހަރަކާތްތެރިވާ ދިވެހިންނާ ގުޅިގެން ވަރަށް ނަލަކޮށް ޖުލައި 26 ފާހަގަކުރަން.

މި ހަރަކާތްތަކުގައި ދެ މައިގަނޑު ތީމެއް ހިމެނޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމާއި، ދިވެހިރާއްޖެއާއި ސްރީލަންކާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމެވެ. މި ހަރަކާތްތަކުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނަށް ދަޢުވަތު އެރުވޭނެ ކަމަށާއި، ސްރީލަންކާގެ ރައީސްވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޖުލައި 26 އަކީ ރާއްޖެއިން ޕާކިސްތާނާ ހާރިޖީ ގުޅުން ގާއިމު ކުރިތާ 59 އަހަރުވާ ދުވަހެވެ. އަދި ނަމިބިއާއާއެކު ހާރިޖީ ގުޅުން ގާއިމު ކުރިތާ 35 އަހަރު ވާނީވެސް ހަމަ އެ ދުވަހު އެވެ.

ރާއްޖެ - ލަންކާ އިނގިރޭސި ވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ