މި އަހަރު ހައްޖުގެ އަޅުކަންއަދާކުރުމަށް 1.6 މިލިއަން މީހުން ސައުދިއަރަބިއްޔާއަށް ދިޔަ ކަމަށް އެގައުމުގެ ސަަރުކާރުން ބުނެފި އެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނީ މި އަހަރު ހައްޖުގެ އަޅުކަން 1,673,230 މީހުން އަދާކޮށްފައިވާ ކަމަށެވެ.
އެއީ 171 ޤައުމަކުން ހައްޖުގެ އަޅުކަމަށް އައި 1,506,576 މީހުންނާއި ސައުދީން ހައްޖުގެ އަޅުކަމުގައި ބައިވެރިވި 166,654 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 877,841 ފިރިހެނުންނާއި 795,389 އަންހެނުންނެވެ.
މި މީހުންގެ ތެރެއިން 1,435,017 މީހުން ސައުދީއަށް އެތެރެވީ ވައިގެ މަގުންނެވެ. އަދި 66,465 މީހުން ސައުދީއަށް އެއްގަމު މަގުން އެތެރެވިއިރު 5,094 މީހުން ކަނޑު މަގުން ދަތުރުކޮށްފައިވެ އެވެ.
ޙައްޖަށް އަންނަ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓްގެ ފަސޭހަ 1,435,017 މީހުންނަށް ލިބުނު ކަަމަށް ވެސް ސައުދީ ސަރުކާރުން މައުލޫމާތުދީފައިވެ އެވެ.