އީދު ޗުއްޓީ ފެށުނުއިރު، ރާއްޖެގައި ކޮވިޑާއި ރޯގާ ބާރަށް ފެތުރެނީ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 107 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް ކޮވިޑް ޖެހިގެން 13 މީހުން ޕޮޒިޓިވްވެފައިވާއިރު، ވޭތުވެދިޔަ ހަތަރު ހަފްތާގައި 48 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.

އެ ތަފާސްހިސާބުތަައް ދައްކާގޮތުން ކޮވިޑާއެކުއެކީގައި ރާއްޖޭގައި ހަލުވިކަމާއެކު އިންފްލުއެންޒާގެ ކޭސްތައްވެސް އަންނަނީ ފެންނަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންފްލުއެންޒާގެ 128 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އަރިދަފުސް ރޯގާގެ 156،962 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިހާރު އެންމެ ގިނައިން ފެތުރެމުންދަނީ އިންފްލުއެންޒާ އާއި ކޮވިޑެވެ.

އަރިދަފުސް ރޯގާ އިތުރުވެއްޖެ

މިނިސްޓްރީން ފާހަގަކުރިގޮތުގައި މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު 2024 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު އަރިދަފުސްގެ 4،794 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު މި އަހަރު ރިޕޯޓްކޮށްފައިވަނީ 8،157 ވޭދަނަ އެވެ.

ޑެންގީ ހުމުގެ ހާލަތު ރަނގަޅު

ނަމަވެސް މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު 2024 ވަނަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ދަށްވެފައިވެ އެވެ. 2024 ވަނަ އަހަރުގެ މެއި މަހު ޑެންގޫގެ 675 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު މި އަހަރު މެއިގައި ރިޕޯޓްކޮށްފައިވަނީ 116 ވޭދަނަ އެވެ. ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންނެވެ.

މި ހާލަތާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ، ރޯގާތަކާއި އެކި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ