ދަރިފުޅަށް ޖިންސީގޯނާ ކުރިކަމަށް ބުނެ އިއްވި ހުކުމް ބާތިލުކޮށް އަލުން މައްސަލަ ބަލަން ހުކުމް ކޮށްފި

Advertisement

އެންމެ ފަސް

Advertisement

އުމުރުން 6 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމަށްބުނެ މީހެއްގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރީ މުހައްމަދު ނިޔާޒު ކިހާ މީހަކަށެވެ.

ހައިކޯޓުން މޭ 29 ވަނަ ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ކުއްޖާ ތަހުޤީޤަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން، ހެކީގެ ގޮތުގައި ދަށުކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި، ދަށު ކޯޓުން ކުއްޖާގެ މަންމަ އަދި މަންމަ ފަރާތު މާމަގެ ހެކިބަސް ނަގާފައިވާއިރު، ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކުއްޖާގެ މަންމަ އާއި ބައްޕަ ވަކިވެފައި ތިބުމާއެކު، ކުއްޖާގެ މަންމަ އާއި މަންމަ ފަރާތުގެ މާމަ ކުއްޖާގެ ބައްޕައާމެދު ނުރުހުންތެރި ވެދާނެ ކަމުގެ އިހުތިމާލު އޮތް ކަމަށެވެ. އަދި ދަށު ކޯޓުން ކަނޑައަޅާފައި ވަނީ ކުއްޖާގެ މަންމަ އާއި މަންމަފަރާތު މާމަގެ ހެކިބަހުގައ،ި ކުއްޖާގެ ކިޔާދިނުމާ ފުށުއަރާ ބޮޑެތި ކަންތައްތަކެއް ހުރުމުން އެ ދެހެކިންގެ ހެކިބަސް މުޅިން އެއްކޮށް އެއްފަރާތް ކުރިނަމަވެސް ކުއްޖާގެ ކިޔައިދިނުމާ ދިމާވާ ކަންތައްތަކެއް ހުރިކަމަށް، ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލައިގައި ސައިކޮލޮޖިސްޓަށް ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ސައިކޮލޮޖިކަލް އެސެސްމަންޓް ދަށު ކޯޓަށް ހުށަހެޅިނަމަވެސް، ހެކިވަޒަން ކުރުމުގައި ދަށު ކޯޓުން ނިންމީ ސައިކޮލިޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތް ހާޒިރުނުކޮށް އެ ރިޕޯޓަށް ބުރަދަން ދިނުމަށެވެ. ސައިކޮލިޖިކަލް އެސެސްމަންޓް ތައްޔާރުކުރި ފަރާތް ހާޒިރުނުކުރަން ދަށު ކޯޓުން ނިންމާފައިވަނީ އެކަމާމެދު ދިފާއުން އަދި ދައުލަތުންވެސް އިއުތިރާޒުކޮށްފައިވަނިކޮށްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުން ކަނޑައަޅުއްވާފައިވަނީ، ސައިކޮލޮޖިކަލް އެސެސްމަންޓް ތައްޔާރުކުރިފަރާތުގެ ހެކިބަސް ދަށު ކޯޓުގައި ނަގައ،ި ދިފާއުންވެސް އެ ހެކިވެރިޔާއާ ކުރަން ބޭނުން ސުވާލުތައް ކުރުމުގެ ފުރުސަތު ދިނުމަށްފަހު، އެ ރިޕޯޓުގައިވާ ވާހަކަތައް ހިމެނޭހެން މި މައްސަލައިގައި ހުރި އެންމެހާ ހެކިތައް އަލުން ވަޒަންކޮށް ދަށު ކޯޓުގައި ކުރެވުނު ދައުވާއާމެދު އަލުން ދަށު ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

އެހެންކަމުން ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ދަށުކޯޓުން މުހައްމަދު ނިޔާޒުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ހައިކޯޓުން ދީފައިވާ އިރުޝާދާ އެއްގޮތަށް މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ކުރުމަށް ހުކުމް ކޮށްފަ އެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ސަލީމު އެވެ.

ހައި ކޯޓު ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ