ސައުދީ ”ޕްރިންސް“ގެ މައްސަލައިގައި ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ސައުދީގެ ”ޕްރިންސް“އެއް ކަމަށްބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންއާ ގުޅޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ އެވެ.

މިނިސްޓަރު ޚަލީލް މަޖިލީހަށް ހާޒިރުކޮށްދޭން އެދިފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

މީކާއިލްގެ ސުވާލުތަކުގައި ވަނީ، 5 މޭ ގައި ރައީސް މުއިއްޒު ބައްދަލުކުރެއްވި ”ޕްރިންސް“ ފަހަދް ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ، އަދި އެ ބައްދަލުވުމުގައި ސައޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ނީއްވެތޯ އެވެ. މީގެއިތުރުން އެފަރާތަކީ ސައުީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާޏްކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ރާއްޖެއާއި ސައުީއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވޭތޯވެސް ސުވާލުގައިވެ އެވެ.

ޕްރިންސް ފަހަދްއާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ބުނެ އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޖަހާފައިވާ ޚަބަރާއި ފޮޓޯތައް މިހާރު ވަނީ ނަގާފަ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައިވާގޮތުން، މެންބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނ،ީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުމުން ފޮނުވައި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ސައުދީގެ ”ޕްރިންސް“އާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި އެކިގޮތްގޮތަށް ވާހަކަދެކެވުނުއިރު މިކަމުގައި ސަރުކާރުން ރަސްމީ ސިފައެއްގައި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރީގެ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ޚަލީލް މެންބަރު މީކާއިލް ނަސީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ