ދިފާއީ ގުޅުން ވަރުގަދަކުރަން ނައިބު ރައީސް، އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާއެކު މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރު ފޯ ޑިފެންސް ރިޗާޑް މާލްސްއާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދިފާއީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން ފުޅާކުރުމަށްޓަކައި ގެންގުޅެން ރޭވިފައިވާ ސްޓްރެޓެޖީތައް ހިމެނެ އެވެ.

ބައްދަލުވުމުގައި ދެ ފަރާތުން ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. މިއީ ދެ ގައުމަށްވެސް ވަރަށް މުހިންމު ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުވުން ނިމިގެން ދިޔައީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ދެ ފަރާތުން އިސްކަންދޭ ކަންކަމުގައި ސްޓްރެޓެޖިކް އެއްބާރުލުން ކުރިއަށް ގެންދިއުމަށް އެއްބަސްވެވަޑައިގަތުމާ އެކުގަ އެވެ.

އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން އެވެ،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - އޮސްޓްރޭލިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ