މާލޭގައި ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނެފައިވަނީ، ޝަހީދު ކުޑަނެވިތުއްތު ހިނގުމުގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ރޭ ދަންވަރު 03:10 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ. އެމީއަށް ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ، މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.



