މައްސަލަ ހައްލުކޮށް މާލެ އަދި ހުޅުމާލެއަށް ކަރަންޓު ދެވިއްޖެ، ތަކުރާރުވިޔަނުދޭން ފިޔަވަޅުތައް އަޅާނަން: ފަހުމީ

Advertisement

އެންމެ ފަސް

Advertisement

ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް މާލެ އަދި ހުޅުމާލެއަށް ކަރަންޓު ދެވިފައިވާ ކަމަށާއި ތަކުރާރުވިޔަނުދޭން ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

”ކަރަންޓު އަލުން ދިނުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.“ ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ފަހުމީވަނީ އަރުވާފަ އެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މައާފަށް ވަނީ އެދިވަޑައިގެންފަ އެވެ.

”މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން.“ ފަހުމީ ވިދާޅުވި އެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއިން މިއަދު ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރު އެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާއި ގުޅިގެން ރައީސް މުއިއްޒު ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ކަރަންޓު ކެނޑުމާގުޅިގެން ފުލުހުން ބުނެފައިވަނީ، ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ