ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ދެ ހަފުތާތެރޭ ނިންމަނީ

Advertisement

އެންމެ ފަސް

Advertisement

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ކުރިއަށްއޮތް ދެ ހަފުތާތެރޭގައި ނިމޭނެ ކަމަށް އެ ކޮޮމިޝަނުން ބުނެފި އެވެ.

2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

މި ކޮމިޝަނުން މިއަދު ބުނެފައިވަނީ، އެ ކޮމިޝަނަށް ހަވާލުކޮށްފައިވާ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާތެރޭގައި ކޮމިޝަންގެ ފައިނަލް ރިޕޯޓް ރައީސްއަށް އެރުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގައި ކުރިން ހައްޔަރު ކޮށްފައިހުރި ރައުދު އަހުމަދު ޒިލާލުއާ ސުވާލު ކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި ކޮމިޝަނުން ޔުމްނުގެ ބަޔާނެއް ހޯދިކަމެއް ނުވަތަ ހޯދަން މަސައްކަތް ކުރިކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލައިގައި ރައުދު ހައްޔަރުގައި ގެންގުޅުމަށްފަހު ޕީޖީގެ އެންގުމަށްވަނީ ދޫކޮށްލާފަ އެވެ. މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު ޕީޖީން ވަނީ މައްސަލަ ބަލައިގަނެފަ އެވެ.

މި މައްސަލަ ބެލުމަށްޓަކައި ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގައި ހިމެނެނީ 5 މެންބަރުންނެވެ.

ކޮމިޝަންގެ މެންބަރުން

  • ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  • ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  • ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  • ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް، ހ. ހަބަރުގެ

ރިޔާސީ ކޮމިޝަން އަންހެނަކު ވެއްޓުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ