މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް، ހޯމަ ދުވަހު ލ. ގަމުގައި ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން އިންތިޒާމުކޮށްގެން ބާއްވާ ”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025 – ޒޯން 4 ،2 އަދި 5“ ލ. ގަމުގައި ނޮވެންބަރު 24 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

މި މަހާސިންތާއަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމާއި ގުޅޭ ގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި މަހާސިންތާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިނިސްޓްރީން އެކުލަވާލާފައިވާ ”މަގޭ ސާފުރާއްޖެ – ކުނި މެނޭޖްކުރުމުގެ ޤައުމީ މަޝްރޫޢު 2028-2024“ ގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުތައް (ޑަބްލިއުއާރްއެމްސީ) ގާއިމުކުރުމާއި، އެ މަރުކަޒުތަކަށް ބޭނުންވާ އާލާތްތަކާއި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ފޯރުކޮށްދިނުމަށް ވަނީ ރާވާފަ އެވެ. މިހާތަނަށް ގިނަ އަދަދެއްގެ ރަށަށް މި ވަސީލަތްތައް ވަނީ ފޯރުކޮށްދީ ނިމިފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ އުތުރު، މެދު އަދި ދެކުނުގައި ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ލ. ގަމުގައި ބާއްވާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ކުންޏާއި ވަސީލަތް މެނޭޖުކުރުމުގައި ތަޖުރިބާކާރުންނާއި ލާމަސީލު ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް މަޝްވަރާކުރުން ހިމެނެ އެވެ. އަދި ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަމަށް ގެނެވިދާނެ ހައްލުތަކާ މެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށް މި ފޯރަމް ބޭނުންކުރެވޭނެ އެވެ.

މި މަހާސިންތާއަކީ ޒޯން 2، 4 އަދި 5 ގެ ހުރިހާ ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ކަމާގުޅުންހުރި އެހެން ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ. ޖުމްލަ 220 ބައިވެރިން ބައިވެރިވާ މި ބައްދަލުވުމުގައި 88 ރަށު ކައުންސިލާއި 9 އަތޮޅު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކުން ބައިވެރިވާނެ އެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު އިދާރާތައް ކަމަށްވާ އީއާރްއޭ، ޔޫއާރްއޭ، އެޗްޕީއޭ އަދި ވެމްކޯގެ އިސްވެރިންނާއި، ކުނި މެނޭޖުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރާއި، ޖަމިއްޔާ ޖަމާއަތްތައް (އެންޖީއޯ) ގެ އިތުރުން ވޯލްޑް ބޭންކުންވެސް ބައިވެރިވާނެ އެވެ.

މަގޭ ސާފުރާއްޖެ - ކުނި މެނޭޖްކުރުމުގެ ޤައުމީ މަޝްރޫޢު 2028-2024 މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ