އަންނަ މަހުން ފެށިގެން ނަމްބަރު އައިނު ހެއްދުމަށް އާސަންދައިން 2000ރ. ދެނީ

Advertisement

އެންމެ ފަސް

Advertisement

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައިނު ހެއްދުމަށް އާސަންދައިން ދޭ އެލަވަންސް 2000 ރުފިޔާއަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާން ކުރައްވައިފި އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ކުރައްވާ ކަމެކެވެ. މިހާރު އައިނު ހެއްދުމަށް އާސަންދައިން ދެމުން އަންނަ 1000 ރުފިޔާ، 2000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، މިކަމަށް ބޭނުންވާ ހުރިހާ ހިސާބު ކިތާބުތައް ނިންމަވައި، ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.

”ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކައި ދޭ 1000ރ 2000ރ ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭކަމެއް“

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ޞިއްޙީ ދާއިރާގެ އެކި ކަންކަމުން ސަލާމަތްކުރެވޭ އާމްދަނީން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމަށް ހޭދަކުރުމުގެ ތެރެއިން ކުރެވޭ ކަމެކެވެ. އަދި މިއީ ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން ގެންނަ އިތުރު ކުރިއެރުމެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިހާރު ނަންބަރު އައިނެއް ހެއްދުމަށް ލެންސް ހިމެނޭ ގޮތަށް އެވްރެޖްކޮށް 4000 ރުފިޔާއާއި 6000 ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާއިރު، މި އިތުރުކުރެއްވުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެއް ކަމުގައި ފާހަގަކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާސަންދަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ