ރައުދުއަށް އަންނަ ހުކުމަކުން މާގިނަ ދުވަހު ބަންދުގައި ހުންނާނެ ކަމަށް ނުބެލެވޭ!

Advertisement

އެންމެ ފަސް

Advertisement

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަޙްމަދު ޛިލާލްއަށް ދައުވާކޮށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް ބަންދުގައި މާގިނަ ދުވަހު ހުންނާނެ ކަމަކަށް ނުބެލެވެ އެވެ. މިމައްސަލައިގައި ރައުދު ހައްޔަރުކޮށް ބަންދުކޮށްފައިބެހެއްޓުމަށްފަހު ދޫކޮށްލި އެވެ. އަދި އޭގެފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުގައި ބެހެއްޓުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެންގުމަށް އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން ވަނީ މި މައްސަލަ ބަލައިގަނެފަ އެވެ. ނަމަވެސް މިހާތަނަށް ދައުވާ ކުރުމާމެދު ޕީޖީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

ރައުދު ބަންދުން ދޫކޮށްލި މައްސަލައިގައި ފުލުހުން މީގެކުރިން ބުނެފައިވަނީ، އޭނާ ބަންދުން ދޫކޮށްލާފައިވަނީ، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން ނިންމުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި މިހާރު ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ރައުދުގެ މައްޗަށް ކުރެވެނީ، ދެ ތުހުމަތެކެވެ. އޭގެން ފުރަތަމަ ތުހުމަތަކީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމެވެ. އަދި ދެވަނަ ތުހުމަތަކީ މަސްތުވާތަކެތީގެ ތުހުމަތެވެ.

ފުލުހުންގެ ހައްޔަރުގައި ހުންނަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން، އެމީހަކު ބަންދުން ދޫކުރުމަށް ޕީޖީ އޮފީހުން އާންމުކޮށް އެދެނީ އެފަދަ މައްސަލަތަކުގައި، އެމީހެއްގެ މައްޗަށް އުފުލޭ ދައުވާއަކުން އަންނާނެ ހުކުމަކަށްވުރެ ދިގު މުއްދަތެއް އޭނާ ބަންދުގައި ހޭދަކޮށްފައިވާނަމަ އެވެ. 

މިމައްސަލައިގައި ރައުދުގެ މައްޗަށް ކުރާނެ ދައުވާތަކެއް ޕީޖީ އޮފީހުން ރަސްމީކޮށް ބުނެފައިނުވިނަމަވެސް، ކުރާނެ ކަމަށް ބެލެވޭ ދައުވާތަކުން އަައިސްދާނެ ޖަލު ހުކުމަށް ބަލާލުން މުހިންމެވެ. އެގޮތުން އެހީއަށް ބޭނުންވެފައިވާ މީހާއަށް، އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއަކީ، ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށްވާއިރު މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މި ކުށުގެ ދަރަޖަ އިތުރުކުރެވޭނެ އެންމެ މައްޗަށް އިތުރުކުރި ނަމަވެސް ދެވޭނެ އެންމެ މަތީ އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ.

ކުށުގެ އަދަބުގެ ދަރަޖަ މަތިކުރެވޭނީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެކަނި އެވެ. ހަމަމިއާއެކު ދަރަޖަ ދަށްކުރެވޭނެ ހާލަތަކުތަކެއްވެސް ޤާނޫނުއުޤޫބާތުގައި ބަޔާންކުރެ އެވެ. އެގޮތުން ތަހުގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފުވުމަކީ އަސާސީ އަދަބުގެ ދަރަޖަ ދަށްކުރެވިދާނެ ހާލަތްތަކެވެ.

މި މައްސަލައިގެ ތުހުމަތުގައި ރައުދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު، ފުރަތަމަ ހައްޔަރު ކުރިފަހުން ރައުދު ބަންދުގައި ހޭދަކޮށްފައިވަނީ 28 ދުވަހެވެ. އޭގެފަހުން ރައުދު ބަންދުން ދޫކޮށް އަލުން ހައްޔަރުކުރުމުން ބަންދުގައި ހޭދަކޮށްފައިވަނީ 5 ދުވަހެ އެވެ.

މިކަންކަމަށް ބެލުމުން މި މައްސަލައިގައި ރައުދުގެ މައްޗަށް ޖަލުހުކުމެއް އައިނަމަވެސް އޭނާ ބަންދުގައި މާގިނަދުވަހު ހުންނާނެ ކަމަށް ނުބެލެވެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިފަހުން ވަނީ ރައުދުވާ ސުވާލު ކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ރައުދުގެ ޕާސްޕޯޓާއި ފޯނު ހިފަހައްޓާފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ ފަރާތުން ހަމަޖައްސާދީފައިނުވާތީ އަދި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަން ފުލުހުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

ޔުމުންގެ އާއިލާން ތުހުމަތުކުރާގޮތުގައި ޔުމްނު ވެއްޓުނު ވަގުތު، ރައުދުގެ އިތުރުން، އިތުރު ބަޔަކު އެތަނުގައި ތިބި އެވެ. ނަމަވެސް މިހާތަނަށް ފުލުހުންނާއި މީޑިއާތަކުން ހާމަކޮށްފައިވާ އެއްވެސް ފުޓޭޖްއަކުން އެ އިމާރަތަށް އިތުރުބަޔަކު ވަދެ، ހަރަކާތްތެރިވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ.

ރައުދު އަހުމަދު ޒިލާލް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ