ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތިދީ، ’ނަހަމަ ގުޅުން‘ ހިންގުމުގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާއަށް އަންނަ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނާޖާއިޒު ގުޅުން ބާއްވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ނޮވެމްބަރު 4 ވަނަ ދުވަހު އެންޑީއޭ އިންނެވެ. ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެންޑީއޭގެ ޕިއަރ މެންޓަރއެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެންޑީއޭގެ ޕީއަރ މެންޓަރެއްގެ މަގާމު އަދާކުރަމުން ދިޔަ، ފްލޮރިޑާ / ސ. ފޭދޫ، މުހައްމަދު ފަސީހު (51އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލައަކީ މަސްތުވާތަކެއްޗަށް ފަރުވާދޭ މުއައްސަސާއެއްގެ މުވައްޒަފަކު، ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، މަސްތުވާތަކެތި ފޯރުކޮށްދީ އަދި ނާޖާއިޒު ގުޅުން ބާއްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ހިމެނޭ މައްސަލައެކެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ ހިދުމަތުން ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ