ގިނަ ކުޅިވަރުތަކާއެކު މުލަކު އީދަށް ތައްޔާރު

Advertisement

އެންމެ ފަސް

Advertisement

މ.މުލަކުގައި މިއަހަރުގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން މިއަދު ހާމަކޮށްފި އެވެ.

ކައުންސިލުން ބުނި ގޮތުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މުލަކު ކައުންސިލާއި މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މަސްވެރިންގެ ރޫހު ގުޅިގެންނެވެ.

އީދު ފާހަގަކުރުމުގެ ހަރަކާތްތައް ފެށޭނީ 5 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ވެދުމާއި ދިއުމާއެކުގަ އެވެ. އޭގެ ފަހުން 20:45 ގައި އީދު ހުޅު އަދި 20:50 ގައި ބޮޑުބެރު އޮންނާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެ އެވެ. ޖޫން 6 ވަނަ ދުވަހު ހެނދުނު ބޮޑު ޖަމާޢަތުގައި އީދު ނަމާދު އޮންނައިރު، 8:30 ގައި އުޟްޙިޔާ ކަތިލުމާއި، 13:00 ގައި ބޮޑު ޖަމާޢަތުގައި މެންދުރު ކެއުން އޮންނާނެ އެވެ.

ޖޫން 7 ވަނަ ދުވަހު ހެނދުނު 9:00 ގައި އަންހެނުންގެ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވީރު 16:30 ގައި ކުޑަކުދިންގެ ހަވީރެއް އަދި ރޭގަނޑު 21:00 ގައި ސްޓޭޖް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖޫން 8 ވަނަ ދުވަހު ހަވީރު 16:15 ގައި މާލި އޮންނައިރު، ފިރިހެނުންގެ މާލި ރޭގަނޑު 20:00 ގައި އަދި 22:00 ގައި ނަގިލި ނެގުން އޮންނާނެ އެވެ.

އީދު ފާހަގަކުރުމުގެ ހަރަކާތްތައް ނިންމާލެވޭނީ ޖޫން 9 ވަނަ ދުވަހުއެވެ. އެދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ފެންކުޅި ކުޅުމަށްފަހު، ހަވީރު ފިރިހެނުންގެ ދަފި ނެގުމާއި ރޭގަނޑު 21:00 ގައި ބޮޑުމަސް ބޭނުމުގެ ހަރަކާތް އޮންނާނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ އަޟްޙާ އީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ހޮވާފައިވަނީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން ކަމަށްވާއިރު، މުލަކުގައި ވެސް މިފަދަ ކުލަގަދަ ގޮތަކަށް އީދު ފާހަގަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަޟްހާ އީދު މ. މުލަކު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ