އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅާނީ ޑިޖިޓަލައިޒޭޝަނަށް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ރާވާފައިވަނީ 2026 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދަންޖެހޭ ބޮޑު މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދަންވާނީ ދެފުށް ފެންނަ ގޮތަށް، ރައްޔިތުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ. އެގޮތުން، 20 އަހަރުގެ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގައިވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެކަމަށް ވިދާޅުވި އެވެ.

”މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްގީ އެކޮޅުކޮޅުން ޖެހުނަ ނުދިނުން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ޕްލޭނާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ވަށާޖެހޭ ތަރައްގީއާއި ހަމަޖެހުން ގާއިމުކުރުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. މުލަކު މޯލްޑިވްސް 2.0

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ