ރައުދު ބަންދުން ދޫކޮށްލުމަށް ޕީޖީން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ރައުދު ބަންދުން ދޫކޮށްލީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ މަތިންނެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ރައުދުގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމީކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވި ގޮތުގައި ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ރައުދުގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް މިއަދު ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިި ގޮތުގައި ރައުދު ދޫކޮށްލީ އޭނާގެ މައްޗަށް އުފުލާނެކަމަށް ބެލެވޭ ދައުވާތަކުގެ އަދަބަށްވުރެ، ބަންދުގައި ހުންނަ ދުވަސްތައް އިތުރުވެދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއީ އާންމުކޮށްވެސް އެފަަދަ މައްސަލަތަކުގައި ކޯޓުން އަމަލުކުރަމުން އަންނަ ގޮތްކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް:

ފުލުހުން ރައުދު ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހު އެވެ. އޭގެފަހުން ރައުދުގެ ބަންދު މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްފައިވާއިރު ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކޮށްފައިވަނީ މޭ 22 ވަނަ ދުވަހު އެވެ. އަދި އޭގެފަހުން ރައުދުގެ ބަންދަށް ވަނީ ފަސް ދުވަހުގެ މުއްދަތެއްޖަހާފަ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިފަހުން ވަނީ ރައުދުވާ ސުވާލު ކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ރައުދުގެ ޕާސްޕޯޓާއި ފޯނު ހިފަހައްޓާފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ ފަރާތުން ހަމަޖައްސާދީފައިނުވާތީ އަދި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަން ފުލުހުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

ޔުމުންގެ އާއިލާން ތުހުމަތުކުރާގޮތުގައި ޔުމްނު ވެއްޓުނު ވަގުތު، ރައުދުގެ އިތުރުން، އިތުރު ބަޔަކު އެތަނުގައި ތިބި އެވެ. ނަމަވެސް މިހާތަނަށް ފުލުހުންނާއި މީޑިއާތަކުން ހާމަކޮށްފައިވާ އެއްވެސް ފުޓޭޖްއަކުން އެ އިމާރަތަށް އިތުރުބަޔަކު ވަދެ، ހަރަކާތްތެރިވާ މަންޒަރެއް ފެނިފައެއް ނުވެ އެވެ.

ނަމަވެސް ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރައުދު އަހުމަދު ޒިލާލް އަންހެނަކު ވެއްޓުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ