ހުޅުމާލެ ހޮސްޕިޓަލުގައި 250 އެނދުގެ އިމާރާތެއް އެޅަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ހޮސްޕިޓަލުގައި 250 އެނދުގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ 14 އެނދުގެ އާ އެމަޖެންސީ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށްގެންދާ ދުރުރާސްތާ ޕްލޭނެއްގެ ބައެކެވެ. މި އިމާރާތުގެ ޕްލޭނިންގގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މީގެއިތުރުން، ހަލީމް ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށެވެ. މި ސެންޓަރު މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ހުޅުވޭނެ ކަމަށް ސީއީއޯ ވަނީ ހާމަކުރައްވާފަ އެވެ.

ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ހިދުމަތްދެމުންދާ އިމާރާތުގައި 28 އެނދުގެ ވޯޑެއް އިތުރުކުރުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި، މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ސަރުކާރުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އަދި މާލެ ސަރަހައްދުގައި ޚާއްޞަ ބަލިތަކަށް އަމާޒުކޮށްގެން ވަކި ހޮސްޕިޓަލުތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ