އަރަފާތު ދުވަހު ޚުތުބާ ދެއްވާނީ މަސްޖިދުލްޙަރާމްގެ އިމާމު ޑރ. ޞާލިޙު ބުން އަބްދުالله ޙުމައިދު

Advertisement

އެންމެ ފަސް

Advertisement

މި އަހަރު މަސްޖިދުއްނަމިރާގައި އަރަފާތު ދުވަހުގެ ޚުތުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމުގައި ސަޢުދީ ރަސްގެފާނު ކަނޑައަޅުއްވައިފި އެވެ.

މިކަން ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިލް އަބްދުލްއަޒީޒް އާލް-ސައުދު އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.

ކޮންމެ އަހަރަކު ވެސް މަސްޖިދުއްނަމިރާގައި އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.

އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަދި ޚުތުބާ ދެއްވަވާ ބޭފުޅެކެވެ. ވަރަށް ހަގު އުމުުރުގައި ކީރިތި ޤުރުއާން ހިތުން ދަސްކުރައްވާ ހާފިޒަކަށް ވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާ ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ދެއްވާއިރު ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތު ދުވަސް ނުވަތަ ހައްޖު ދުވަހު އިއްވޭ ޚުތުބާ އަކީ މުޅި އިސްލާމީ އުންމަތް އެ ޚުތުބާއަކަށް އިންތިޒާރު ކުރާ ޚުތުބާ އެކެވެ.

ހައްޖު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ