މަސައްކަތް ކުރަމުންދަނީ ހައްޖުގެ އަގު ކުޑަކުރުމަށް: މިނިސްޓަރު ޝަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައްޖަށް ދިއުމަށް ރައްޔިތުން ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނި ހައްޖަށް ދިއުމަށް ރައްޔިތުން ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރުމަށް ކަމަށެވެ. އަދި އެގޮތަށް ހައްޖު ކޯޕަރޭޝަންގެ ތަސައްވުރުގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މި އަހަރު ބިނާކުރާ އައުޤާފް ބިލްޑިންތައް ނިމުމުން އެ ބިލްޑިންތަކުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ރައްޔިތުންނަށްޓަކައި ހައްޖުގެ އަޅުކަމަށް ވަޤުފުކުރުމަށްވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަންކަން ފުރިހަމަކުރެވިގެންދާނީ އެހެން ޤައުމުތަކުގައިވެސް އަމަލުކުރާގޮތަށް ޤާނޫނުތަކާއި ގަވައިދުތައްވެސް ހެދިގެންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އެގޮތުން އައުޤާފްގެ ޤާނޫނު އަދި ހައްޖު ފަންޑް މެނޭޖްކުރުމުގެ ޤާނޫނު ފަދަ ޤާނޫނުތައް މެލޭޝިއާފަދަ ޤައުމުތަކުގައި ހެދިފައިވާގޮތަށް ހެދިގެން މިކަންކަން ކުރެވޭނެކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި އެވެ.

މިކަންކަން ފުރިހަމަވުމުން ރާއްޖެވެގެން ދާނީ އިސްލާމީ ގައުމުތަކުގެ ތެރޭގައި ހައްޖުގެ ކަންކަމުގައި ފާހަގަކޮށްލެވޭ ޤައުމަކަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ރައްޔިތުންގެ މަޖިލިސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ