ޕެންޝަން ޖަމާނުކޮށް 8 މަސްވެފައިވާކަމަށް ބުނެ ފަތުރަނީ ދޮގު: ވެމްކޯ

Advertisement

އެންމެ ފަސް

Advertisement

މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސްދުވަސް ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ނެރުނު ނޫސްބަޔާނެއްގައި ހާމަކުރި ގޮތުގައި މިއަދާ ހަމައަށްވެސް އެ ކޯޕަރޭޝަނުން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުންނެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ވެމްކޯއާ ދެމެދު ވާހަކަދެކެވި، ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވެމްކޯއިން ފާހަގަކޮށްފައިވަނީ، ކޯޕަރޭޝަންގެ ޚަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ އެ ކޯޕަރޭޝަނަށް ލިބޭ އާމްދަނީން ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އެކަނި ވެސް 66 މިލިއަނެއްހާ ރުފިޔާ ވެމްކޯއަށް ދައްކަން ޖެހި، މިހާތަނަށް ނުދައްކާ ހުރި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުންގެ މުސާރައާއި ޕެންޝަން ފައިސާގެ ކަންކަމާ ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއެކު މަޝްވަރާކޮށް، ފަސޭހަ އިންތިޒާމަކުން ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަކަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ، އެއްވެސް މުވައްޒަފެއްގެ ޕެންޝަން ޙައްޤަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުމުގެ ކަންކަން ރޭވިފައިވާ ކަމަށެވެ. އަދި ”މުވައްޒަފުންނަށް އޮޅޭހެން އަދި ސަރުކާރާއި އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މަޢުލޫމާތު ފެތުރުމަކީ ހިތާމަކުރާ ކަމެއް“ ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ