ބައެއް ރަށްރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި ސިފައިން ބައިވެރިވެއްޖެ އެވެ.
އެގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން، ކުޅުދުއްފުށި ސިޓީ، ހދ.ހަނިމާދޫ، އަދި ޅ.ހިންނަވަރުގައި މޭ 10 ވަނަ ދުވަހު ގައުމީ ފެންވަރުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފްގެ ސްޓޯލްތައް ބަހައްޓައި، ބައެއް ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ.
އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުތަކުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ، ކުޑަކުދިންނާ ގުޅޭ އިންޓަރެކްޓިވް ހަރަކާތްތަކާއި، ކުޑަކުދިންގެ މެދުގައި އުފެއްދުންތެރިކަމާއި ގުޅުންބަދަހި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފްގެ ސްޓޯލްތަކުން ވަނީ، މުޖުތަމައުގައި އަސްކަރީ ޚިދުމަތުން އަދާކުރާ މުހިންމު ދައުރާ މެދު ކުޑަކުދިންގެ ޝައުޤުވެރިކަން އުފެއްދުމުގެ ގޮތުން ހަރަކާތްތައް ހިންގާފަ އެވެ. އެގޮތުންކުޑަކުދިންނަށް އަސްކަރީ ޔުނީފޯމްތައް އެޅުމުގެ ފުރުސަތު ދީ، ޤައުމީ ސަލާމަތުގައި އެމްއެންޑީއެފުން އަދާކުރާ މުހިންމު ދައުރު ހިތްތަކަށް ވައްދައިދިނުމުގެ ގޮތުން ރޯލް ޕްލޭކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ