އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދާ ސްރީލަންކާގެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، ސްރީލަންކާގެ މަސްބޯޓު ”ސަންޑާލީ ވެލެންޓިނާ“ އޮޔާދާކަމުގެ މައުލޫމާތު، ސްރީލްންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނީޓަރކުރަމުންކަން ފާހަގަކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ”ދޮށިމޭނާ“ ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށެވެ.
އެ ބޯޓުގައި 6 ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެ އެވެ.

އެމްއެންޑީއެފް ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ