ޣާޒީ ސްކޫލުގައި އިތުރު 18 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި އިތުރު 18 ކްލާސް ރޫމް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާން ކޮށްފި އެވެ.

މިނިސްޓްރީން މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނެ އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

މި ޕްރޮޖެކްޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 121,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

2007 ވަނަ އަހަރު ހުޅުވުނު ޣާޒީ ސްކޫލަކީ ސިންގަޕޫރު ސަރުކާރާއި ސިންގަޕޫރުގެ ރެޑް ކްރޮސް ސޮސައިޓީގެ އެހީގެ ދަށުން އެޅި ސްކޫލެކެވެ. މި ސްކޫލުގައި އިތުރު 18 ކްލާސްރޫމް އެޅުމުން، ސްކޫލުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މިހާރު ހުޅުމާލެ ފޭސް 2 ގައި އިމާރަތްކުރަމުން އަންނަ ސުކޫލްއާއެކު، ހުޅުމާލޭގައި އިތުރު ސުކޫލްތައް އިމާރަތްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އިތުރު ދެ ސުކޫލްއެއް އިމާރަތްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން މިނިސްޓްރީ އޮފް ފިނޭންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ