3000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭލަވަލްގެ ކިޔެވުން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ އޭލެވެލް ކިޔެވުން 3،200 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މިއަހަރު އޯލެވެލް ނިންމި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން އޭލެވެލްއަށް ކުރިމަތިލާފައިވެއެވެ. މިއީ ކުރީ އަހަރުގެ 32 ޕަސެންޓުން 49 ޕަސެންޓަށް އައި އިތުރުވުމެކެވެ.

މަތީ ސާނަވީ ތަޢުލީމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން، މިއަހަރު އިތުރު 13 ސްކޫލެއްގައި އަލަށް އޭލެވެލް ކިޔަވައިދޭން ފަށާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މިހާރު ރާއްޖޭގައި އޭލެވެލްއަށް ކިޔަވައިދޭ 66 ސްކޫލް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އޭލެވެލްއަކީ ކުދިން ދިރިއުޅުމަށް ނެރުމަށްޓަކައި މަދަރުސީ ތަޢުލީމުގެ ތެރެއިން އެންމެ ފަހު މަރުހަލާ“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަރުހަލާ ފުރިހަމަކުރާ ދަރިވަރުންނަށް، އަމިއްލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ނުވަތަ ޔުނިވަރސިޓީއަކަށް ދިޔަ ކަމުގައި ވިޔަސް، ބޭނުންވާ ހުނަރާއި ޤާބިލުކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭލެވެލް ކިޔެވުމަށް އިތުރު ފުރުސަތުތައް

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމުގެ ގޮތުން، މިދިޔަ މަހު އޭލެވެލްއަށް ޖާގަދޭ ކްރައިޓީރިއާ ދަށްކޮށްފައެވެ. އާ އުސޫލުގެ ދަށުން، އެކަޑަމިކް ސްޓްރީމް، ވޮކޭޝަނަލް އެޑިޔުކޭޝަން އަދި އެޕްރެންޓިޝިޕް ޕްރޮގްރާމް މެދުވެރިކޮށް އޭލެވެލް ކިޔެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އަދި ޖާގަ އޮތް ސްކޫލުތަކުގައި، މިނިސްޓްރީގެ ހުއްދައާއެކު، ޝަރުތު ހަމަނުވާ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ