އެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީގެ ހިސާބުތައްދައްކާ ގޮތުން މި އަހަރު އެ ފަންޑަށް ޖަމާކުރަން ބަޖެޓުގައި ކަނޑައެޅި އަދަދުގެ 60 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން 2.1 ބިލިއަން ރުފިޔާ ފަނޑަށް އިތުރު ކުރަން ޖެހެ އެވެ.

މި އަހަރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ 62 ޕަސެންޓު ހޯދުމަށް ނިންމާފައި އޮތީ ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވާތީ މި އަހަރު ވެސް ދަރަނި އަދާކުރުމަށް ޑޮމެސްޓިކް މާކެޓުން ވިއްކި ޓީބިލުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން، އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މި އަހަރުގެ ތެރޭގައި އެކަމާ ގުޅޭ މަސައްކަތްކޮށް، އެ އިން ބައެއް ދެއްކުމަށް ސަރުކާރުން އޮތީ ޕްލޭން ކޮށްފަ އެވެ. އެހެންނަމަވެސް، އަހަރުގެ މިހާ ހިސާބަށް ދިޔައިރު ވެސް އެކަން ކާމިޔާބުވާގޮތެއްނުވެ އެވެ.

އެސްޑީއެފަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ގަވަމެންޓް ސެކިއުރިޓީޒް ނުވަތަ ޓީބިލާއި ބޮންޑުގައި އިންވެސްޓްކޮށްފައި ހުރި އަދަދު 7.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ