އައްޑޫ ހުޅުމީދޫ ވަކި ސިޓީ އަކަށް ހެދުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުދޫ މީދޫ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، ހުޅުދޫމީދޫއަކީ ވަކިން އޮންނަ ރަށެއް ކަމަށާއި، މި ދެރަށް ވަކި ސިޓީއަކަށް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް މި ސަރުކާރުގެ ތެރެއިން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި، ”މި ހުރިހާ ވައުދުތަކެއް ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފެށިފައިވާ“ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު

ވައިގެ ދަތުރުފަތުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، އައްޑޫ އަތޮޅު ގަމުގައި އެއަރޕޯޓެއް އަޅާފައިވީ ނަމަވެސް ހުޅުމީދޫގެ ރައްޔިތުންނަށް ވަކި އެއަރޕޯޓެއް ބޭނުންވާ ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ވަކިވަކި ޖަޒީރާތަކަށް އެކުލެވިގެންވާ ޤައުމަކަށް މި ބިލަކީ ވަރަށް މުހިންމު ބިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ އެއް ފަސްގަނޑާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫއަކީ މިހާރު އައްދޫ ސިޓީގެ ބައެކެވެ. އެންމެފަހުގެ ބޯހިމެނުމުގެ މައުލޫމާތުތައްދައްކާގޮތުން ހުޅުމީދުގެ އާބާދީއަކީ އެންމެ 3،000 މީހުންނެވެ.

 

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އައްޑޫ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ