އައްޑޫސިޓީ ހުޅުމީދޫގައި އެއާޕޯޓެއް އަޅައިދިނުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ ހުޅުދޫމީދޫއަކީ ވަކިން އޮންނަ ރަށެއް ކަމަށާއި، އައްޑޫ އަތޮޅު ގަމުގައި އެއާޕޯޓެއް އަޅާފައިވީ ނަމަވެސް ހުޅުމީދޫގެ ރައްޔިތުންނަށް ވަކި އެއާޕޯޓެއް ބޭނުންވާ ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ވަކިވަކި ޖަޒީރާތަކަށް އެކުލެވިގެންވާ ޤައުމަކަށް މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށްވެސް މެމްބަރު ޝާހިދު ފާހަގަކުރެއްވި އެވެ.
މެންބަރު ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރަކީ ވަރަށް މުހިންމު ބޭނުމެއް ކަމަށާއި، ރާއްޖޭގެ ޖޯގްރަފީގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، މި މައްސަލަ ސިޔާސީ ބޭފުޅުން އެހެން ހިސާބަކަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމާއި ކޮންމެ އަތޮޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް ޤާއިމުކުރުމުގެ ވާހަކަ ދެކެވެމުންދާ ކަމަށް މެންބަރު ޝާހިދު ވިދާޅުވި އެވެ. ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މި ކަންކަން ބަދަލުކުރައްވާފައިވާ ކަމަށާއި، މިހާރު މިފަދަ ކަމެއް ކުރަން ޖެހޭނަމަ، އެ ރަށެއްގައި ނުވަތަ އަތޮޅެއްގައި އެ ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލިސް