އިގްތިސާދީގޮތުން ވިސްނާނަމަ އެއާޕޯޓުތައް ގިނަ ކުރުމަކީ ރަނގަޅު ކަމެއް ނޫން: ޒަރީރު

Advertisement

އެންމެ ފަސް

Advertisement

އިގްތިސާދީގޮތުން ވިސްނާނަމަ ކައިރިކައިރީގައި ހުންނަ ރަށްތަކުގައި އެއާޕޯޓުތައް ގިނަ ކުރުމަކީ ރަނގަޅުކަމެއްނޫން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މަދަނީ ދަތުރުފަތުރުގެ ބިލާ ބެހޭގޮތުން ވާހަކަދައްކަވަމުން، ”މިގައުމުގައި ދަތުރުފަތުރުގެ ނިޒާމަށް އެކަށީގެންވާ ގާނޫނެއް ނެތުމުން ހިތާމަކުރަން،“ ވިދާޅުވި އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމަކީ މިއަދު އެއާ ނުލާ މުޅި ގައުމުގެ ރައްޔިތުންނަށް ވެސް ދިރިނޫޅެވޭ ވަރަށް ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އެމްޕީ ޒަރީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ޒަރީރު ވިދާޅުވި ގޮތުގައި ވައިގެ ދަތުރުފަތުރަކީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ފަރާތްތަކަށް އެންމެ ރައްކާތެރި އެއް ގޮތެވެ. އަދި ކުރިއަރައިގެން ގޮސްފައިވާ އެހެން ގައުމުތަކެކޭ އެއްފަދައިން ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ހުރި އެއާޕޯޓުތަކުގެ ތެރެއިން ފައިދާވަނީ 4-5 އެއާޕޯޓަކުން އެކަނި ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ބާކީ ހުރި އެއާޕޯޓުތަކުން ދައުލަތަށް ވަނީ ގެއްލުން ކަމަށް ފާހަގަކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، 10-20 މިނެޓުގެ ދުރުމިނުގައި ހުންނަ ދެ އަތޮޅުގައި އެއާޕޯޓު އެޅުމަކީ ދައުލަތަށް އުފުލޭވަރުގެ ބުރައެއް ކަމަށްވުމެވެ.

އެމްޕީ ޒަރީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިވަރަށް އެއާޕޯޓު އެޅުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫނެވެ. އަދި އެންމެ މުއްސަނދި އެމެރިކާއާ އަޅާބަލާއިރު ވެސް، އާބާދީގެ ނިސްބަތުން ދިވެހިރާއްޖޭގައި އެއާޕޯޓު މާ ގިނަ ކަމަށް ވެސް މެމްބަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރު ހަސަން ޒަރީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ