މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލަކީ ޒަމާނާގުޅޭ ފުރިހަމަ ބިލެއް: މެންބަރު މުފީދު

Advertisement

އެންމެ ފަސް

Advertisement

މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލަކީ ޒަމާނާގުޅޭ ފުރިހަމަ ބިލެއް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޛީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލުގެ ބަހުސްކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން މި ބަހުސްގައި ވާހަކަ ދައްކަވަމުން، މި ބިލު ޤާނޫނަކަށް ވެގެން ދިއުމުން ވައިގެ ބަނދަރުތަކާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލުންފަދަ މުހިންމު ޒަމާނީ ކަންކަން ކުރުން ލާޒިމުވެގެންދާ ކަމަށް މެންބަރު މުފީދު ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ ޒަމާނާއި ހާލަތަށް އަންނަ ބަދަލުތަކާއެއްގޮތަށް ޤާނޫނުތަކަށްވެސް ބަދަލުގެންނަންޖެހޭ ކަމަށާއި އެގޮތުން ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ބިލުގައި ވައިގެ ދަތުރުފަތުރާ ގުޅޭ އެފަދަ ޒަމާނީ ކަންކަން ހިމަނާފައިވާ ކަމަށެވެ. އަދި މިއީ ގައުމާއި ރައްޔިތުންނަށް ލާބައާއި މަންފާ ލިއްބައިދޭނެ ބިލެއް ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

މި ބިލުގައި ވައިގެ އުދުހުންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން މެންބަރު މުފީދު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައިވަނީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ބަދަލުގައި ޒާމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުމަށް ބޭނުންވާ ޤަނޫނީ އޮނިގަނޑު ތައާރަފުކުރުމަށެވެ. އެގޮތުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި މިނަގަނޑުތައް ބައިނަލްއަޤްވާމީ މިންގަޑުތަކާ އެއްގޮތަށް ކަނޑައެޅުމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގައި ހިނގާ އެކްސިޑެންޓްތަކާއި ހާދިސާތައް ތަހުގީގުުކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ އޮނިގަނޑު ތައާރަފު ކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ