ކާޑެއްދޫ އާއި ތިނަދޫ ބްރިޖަކުން ގުޅަލާ، ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރާނެ ކަމަށް ރައީސްް ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލާއި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާާހަކަ ދައްކަވަމުން ރައީސް ދެއްކެވި ޕްރެސެންޓޭޝަނުގައި ވިދާޅުވީ ގދ. ތިނަދު އާއި ގދ. ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ ގދ. ކާޑެއްދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ބްރިޖަކުން ތިނަދުއާ ގުޅާލުން އެއީ އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން ތިނަދު އާއި ކާޑެއްދޫ ގުޅާލުމަށް 3.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ޖެހެ އެވެ. އަދި މީގެއިތުރުން ރައީސް ވިދާޅުވީ މިކަމުިގެ އަޕްޑޭޓެއް އަދި ނެތް ކަމަށެވެ.

ސަރުކާރުން ކުރިން އިއުލާންކޮށްފައި ވަނީ ތިނަދޫ ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަށެވެ. އެ އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އެމްއޯޔޫގައި ތައިލެންޑުގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވީ ނަމަވެސް ކޮންޓްރެކްޓް އެއްބަަސްވުމުގައި ސޮއިކުރާނީ އެ ކުންފުނީގެ ފަންނީ އަދި މާލީ ގާބިލްކަން ކަށަވަރުކުރުމަށް ފަހު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. ކާޑެއްދޫ ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ