މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފިއެވެ.

މިކަން އާންމުކުރައްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ”މާތްﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީއަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން“ ކަމަށެވެ.

އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަހީމް، އެ ޕާޓީގައި 12 އަހަރު ވަންދެން ހިދުމަތްކުރެއްވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓުގައި އިސްލާމިކް މިނިސްޓަރުކަން ވެސް އަދާކުރެއްވިއެވެ.

މިނިސްޓަރު ޝަހީމް ވަނީ މިއަހަރު ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. އެކަން އިއުލާނުކުރެއްވީ އެޕާޓީގެ ސީނިއަރ މުއައްސިސްއެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެފައިވެއެވެ.

ޝަހީމް އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ. އޭގެފަހުން އެމަނިކުފާނު ވަނީ މިހާރު އުވާލެވިފައިވާ ޕީޕީއެމްގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންގމޭޓްގެ ގޮތުގައި ވާދަކުރައްވާފައެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އަކީ އިދިކޮޅު އެމްޑީޕީއާ ގާތް ގުޅުންތަކެއް ބާއްވާ، ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ގެއްލުމާއެކު، އިމްރާން ވަނީ ރާއްޖެ ދޫކުރައްވާ ބެންކޮކްއަށް ބަދަލުވެވަޑައިގެންފައެވެ.

އަދާލަތު ޕަޓީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ